-8402fff9.png)
ފާތިމަތު މިޝްކާ

މައްކާގައި މިހާރު ތިބި އުމްރާވެރިންތަކެއް / ފޮޓޯ: ރިއުޓާޒް
މައްކާގެ ދެކުނުން ދަތުރުކުރަމުންދިޔަ ޑްރޯންއެއް ސައުދީ އަރަބިއްޔާގެ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން ހުއްޓުވައިފި އެވެ.
ޔަމަނުގެ ގާނޫނީ ސަރުކާރު އިއާދަކުރުމަށް މަސައްކަތްކުރާ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި ޑްރޯން ވައްޓާލާފައިވަނީ މައްކާގެ މަތިން އުދުހުން މަނާ ސަރަހައްދަށް ވަނުމުގެ ކުރިން ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:50 ހާއިރު އެވެ.
އަލް މާލިކީ ވިދާޅުވި ގޮތުގައި މި ޑްރޯންއަކީ ހޫތީން ފޮނުވާލި އެއްޗެކެވެ. އަދި މިއީ މައްކާގެ ރައްކާތެރިކަމާއި އެ ސިޓީއަށް ޒިޔާރަތްކުރާ ހައްޖުވެރިންނާއި އުމްރާވެރިންގެ އަމާންކަމަށް ބުރޫއަރުވަން ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ބަޔާނުގައި ސިފަ ކުރައްވާފައިވެ އެވެ.
ބަޔާނުގައިވާ ގޮތުން، މިއީ މައްކާއަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދޭން އުޅުނުކަން ރިޕޯޓްކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ޖުލައި 2017 ގައި ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން މައްކާއަށް ހަމަލާދޭން އުޅެފައިވާ ކަމަށް ސައުދީން ބުނެފައިވެ އެވެ.
މި ހަމަލާގެ ސަބަބުން މަސްޖިދުލް ހަރާމަށް ޒިޔާރަތްކުރާ އަޅުވެރިންނަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންނަމަވެސް، އޭގެ ކުރިން ސައުދީގެ އެއާ ޑިފެންސުން ވަނީ އެ ހަމަލާ ހުއްޓުވާފަ އެވެ.
ހަރަމްފުޅާއި މުގައްދަސް ބިންތަކުގެ ރައްކާތެރިކަމަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށް ފާހަގަކުރައްވައި، ހޫތީންގެ މިފަދަ އަމަލުތަކާ ދެކޮޅަށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް ކޯލިޝަނުން އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އަދި އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން
-a198e9aa.jpg)
8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން