-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އެކުވެރި ގައުމެއްގެ އެއާލައިނެއްގެ ދަތުރުތައް ކެންސަލްވުމާ ގުޅިގެން، ރާއްޖޭގެ 50 އުމްރާވެރިއަކަށް އެނބުރި ނާދެވިފައި އެބަތިބި ކަމަށާއި، އެ އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައިނމިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެހޭ ވަޒީރު ޝަހީމް ވިދާޅުވީ، ރާއްޖެ އައުމަށް ދަތިވެފައި ތިބި އުމްރާވެރިންނަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން މިހާރު ކުރިއަށްދާ ކަމަށާއި، މި އުމްރާވެރިން ރާއްޖެ ގެނައުމަށްޓަކައި މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކުރެވޭ އަޅުގަނޑުމެންގެ ރާއްޖޭގެ އެއާލައިނު، މޯލްޑިވިއަން މިހާރު އެބަ ދަތުރުކުރޭ އުމްރާވެރިން ގޮވައިގެން، އެބޭފުޅުންނަށް އޭގައި ރާއްޖެ އާދެވޭނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ބައެއް ގައުމުތަކުގެ އެއާލައިންތަކުގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. މީގެ ސަބަބުން ޓްރާންސިޓްކޮށް ދަތުރުކުރަން ހަމަޖެހިފައިވާ ބައެއް އުމްރާވެރިންނަށް ދަތުރުނުކުރެވި މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، އެ މައްސަލަތަކަށް ހައްލު ހޯދައިދީފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ..
މީގެ އިތުރުން، ރާއްޖޭގެ ބައެއް އުމްރާ ގްރޫޕުތަކުން ދަތުރުތައް ކެންސަލްކުރުމާ ގުޅިގެން، ރަށްރަށުން މާލެ އައިސް ތިބި އުމްރާވެރިންނަށް ވެސް ދަތިތަކަކާ ކުރިމަތިވިއެވެ. އެހެންނަމަވެސް، ސަރުކާރުގެ ފަރާތުން ފްލައިޓެއް ޗާޓަރުކޮށްގެން އެ ހުރިހާ އުމްރާވެރިން މިހާރު ވަނީ މައްކާއަށް ފުރުވާލާފައިވާ ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިވަގުތު ދެ ހާހަށް ވުރެ ގިނަ ދިވެހި އުމްރާވެރިން ސައުދީ އަރަބިއްޔާގައި ތިބި އިރު، ހުރިހާ އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެންމެންނަށް ވެސް މައްކާއަށް ދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން