-8402fff9.png)
އައިޝަތު ހިދާޔާ

އިންޑިއާގެ ކޯސްޓްގާޑާއި، ގުޖުރާތުގެ އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އަދި ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަލިކުގެ ބޭރުން 526 ކިލޯގެ މަސްތުވާތަކެއްޗާއެކު އިރާނު މަސްބޯޓެއް އަތުލައިގެންފިއެވެ.
އިންޑިއާ ކޯސްޓްގާޑުން ބުނީ, މި އޮޕަރޭޝަން ހިންގާފައި ވަނީ އަރަބި ކަނޑުގައި އޮތް މި އުޅަނދާމެދު ޝައްކުތަކެއް ވެގެންކަމަށެވެ. މި އޮޕަރޭޝަންގައި 526 ކިލޯގެ "ހައި ގްރޭޑް" ހެރޮއިން އަދި މެތަމްފެޓަމިން އަތުލައިގަނެވިފައި ވާކަމަށް އިންޑިއާ ކޯސްޓު ގާޑުން ބުންޏެވެ.
އިންޑިއާ ސިފައިން އިތުރަށް ބުނީ, މިތަކެތީގެ އަގު ތިންހާސް ކުރޯޑް ރުޕީސްއަށް އަރާކަމަށެވެ. އެއީ 312.5 މިލިއަން ޑޮލަރެވެ.
މި ބޯޓު އަތުލައިގެންއިރު, އޭގައި ފަސް ފަޅުވެރިން ތިއްބެވެ. އެ އެންމެން ވެސް ނިސްބަތްވަނީ ޕާކިސްތާނަށްކަން އިންޑިއާ ސިފައިން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މިމީހުން މިހާރު މުމްބާއީއަށް ގެންގޮސްފައި ވާކަމަށް ވެސް އިންޑިއާ ސިފައިން ބުންޏެވެ.
ރާވައިގެން ކަނޑުމަގުން ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށް އަބަދު ވެސް މަސައްކަތް ކުރާނެކަމަށް އިންޑިއާ ކޯސްޓްގާޑުން ވަނީ ބުނެފައެވެ.

1 ދުވަސް ކުރިން

2 ދުވަސް ކުރިން

3 ދުވަސް ކުރިން

12 ދުވަސް ކުރިން

19 ދުވަސް ކުރިން

24 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން