-8402fff9.png)
ސައިފުﷲ އަލީ
-8f4f28ba.png)
ކުޑަކުއްޖަކަށް ޓެކްސީ ތެރޭގައި ހޮޑުލެވުމުން ޑްރައިވަރު 1500 ރުފިޔާއަށް ޑިމާންޑުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ހަގީގަތް އޮޅޭގޮތަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް އެ ޓެކްސީ ނިސްބަތްވާ ނަލަ ޓެކްސީން މިއަދު ބުނެފިއެވެ.
ހުޅުމާލެއިން ހަތް ނަމްބަރު ޖެޓީއަށް ދިއުމަށް އެރި ކާރެއްގައި ކުޑަ ދަރިފުޅަށް ހޮޑުލެވުމުން ޑްރައިވަރު ވަރަށް ރުންކުރުކޮށް ވާހަކަދައްކައި ސީޓު ސާފުކުރަން 1500 ރުފިޔާއަށް ޑިމާންޑުކުރި ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ހައްވާ އަހްމަދު ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ހައްވާގެ ފިރިމީހާއަށް ގުޅައި ވާހަކަދެއްކުމަށްފަހު، ސީޓު ސާފުކުރަން ދިޔަ ތަނުން އެއްހާސް ރުފިޔާ ދިނުމަށްފަހު މައްސަލަ ނިންމާލާފައިވާ ކަމަށް އޭނާ ކިޔައިދީފައިވެއެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ނަލަ ޓެކްސީން ނެރެފައިވާ ބަޔާނެއްގައިވަނީ، ޑްރައިވަރު 1500 ރުފިޔާއަށް ޑިމާންޑުކޮށް ކަންތައްތައް ހިންގާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަން ހިނގާފައިވާގޮތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ކާރުގެ ސީޓާއެކު ހޮޑުލެވުމުން އާންމުކޮށް ސީޓު ސާފުކޮށްދޭ ތަންތަނުން 1500 ރުފިޔާ ނަގާކަމަށް ޑްރައިވަރު ބުނެފައިވާ ކަމަށާއި، ފަހުން ކަސްޓަމަރުގެ ފިރިމީހާއާ މަޝްވަރާކޮށްގެން ސާފުކުރި ތަނުން އަގުހެޔޮކޮށް އެއްހާސް ރުފިޔާއަށް އެކަން ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ސީޓު ސާފުކުރަން ނެގި ފައިސާ ލިބުނު ނަމަވެސް، ސާފުކުރުމަށް ދިޔަ ހަރަދު ފިޔަވައި ކަސްޓަމަރު ކުރި ދަތުރުގެ އަގުވެސް ޑްރައިވަރަށް ލިބިފައިނުވާ ކަމަށް ނަލަ ޓެކްސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

8 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން