-8402fff9.png)
މިރާޝް މޫސާ

ނަލަ ޓެކްސީ --
މިދިޔަ މަހު ފަހުކޮޅު ތައާރަފުކުރި ނަލަ ޓެކްސީގެ އައު އެޕްލިކޭޝަނުން މިދިޔަ ބުދަ ދުވަހު 1000 ވަނަ ދަތުރު ފުރިހަމަކޮށްފިއެވެ.
މި އުފާވެރި މުނާސަބަތުގައި ދަތުރުކުރި ކަސްޓަމަރަށް 1000 ރުފިޔާގެ އިނާމަކާއި، ދަތުރުކުރި ނަލަ ފަސް ޑްރައިވަރަށް 500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިނާމު ހަވާލުކުރުމުގެ މަސައްކަތް ނަލަ ޓެކްސީގެ ސެންޓަރުން މިހާރު ދަނީ ކުރަމުންނެވެ.
އާންމުންގެ އިތުބާރު ހޯދާފައިވާ ޓެކްސީ އެޕެއް ކަމަށްވާ ނަލަ ޓެކްސީން މިދިޔަ ޖަނަވަރީ މަހުގެ 25 ގައި ކަސްޓަމަރުންނާއި ޑްރައިވަރުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވިފައިވާ އާ ދެ އެޕްލިކޭޝަނެއް ވަނީ ލޯންޗުކޮށްފައެވެ. މި އެޕް ތައާރަފުކުރުމާއެކު ނަލަ ޓެކްސީން ދަނީ ކަސްޓަމަރުންނާއި ޑްރައިވަރުންނަށް އަމާޒުކޮށްގެން އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.
ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގެންދާ ޕްރޮމޯޝަންގެ ދަށުން، އެޕް މެދުވެރިކޮށް ކުރާ ކޮންމެ 10 ވަނަ ދަތުރެއް ހިލޭ ކުރެވޭނެއެވެ. އަދި ޑްރައިވަރުންނަށް އަމާޒުކޮށްގެން ކޮންމެ ދުވަހަކު އެންމެ ގިނަ ދަތުރުކުރާ ޑްރައިވަރަކަށް 700 ރުފިޔާގެ ފައިސާގެ އިނާމެއް ދެމުން ގެންދެއެވެ.
ނަލަ ޓެކްސީގެ އައު އެޕްލިކޭޝަނުން މި ކުރެވުނު 1000 ވަނަ ދަތުރަކީ މާލޭގެ އެތެރޭގައި ކުރެވުނު ދަތުރެއްކަން ފާހަގަކޮށްލެވެއެވެ.
-8f4f28ba.png)
ގާތްގަނޑަކަށް 2 މަސް ކުރިން

8 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން