-8402fff9.png)
އައިޝަތު ހިދާޔާ

މިސްކިތްތައް ބިނާކޮށް ވަގުފާ ގުޅުންހުރި ކަންކަމަށް ޚާއްސަކޮށް ސަރުކާރުން އުފެއްދި ކުންފުނި, "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔާމީން އިދްރީސް އައްޔަންކޮށް, އެ ކުންފުނީގެ ބޯޑު މެމްބަރުން އައްޔަންކޮށްފިއެވެ.
ސަރުކާރު ކުންފުނިތަކުގެ މައި އިދާރާ ޕްރައިވަޓައިޒޭޝަން އެންޑެ ކޯޕަރަޓައިޱޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ, މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ, ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޔާމީން އިދްރީސް ކަމަށެވެ. ކުންފުނީގެ ޗެއާޕާސަނަކަށް އައްޔަންކޮށްފައި ވަނީ, އައްޝައިހް އިއްޒައްދީން އަދުނާނެވެ.
ބޯޑު މެމްބަރުންނަށް ފަސް ބޭފުޅުން އައްޔަންކުރައްވާފައި ވާއިރު, އޭގެތެރޭގައި ހިމެނެނީ:
މި ކުންފުނި އުފައްދާފައި ވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހުއެވެ. ކުންފުނީގެ ބޭނުމަކީ, ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމެވެ.
އަދި މިއީ މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދި ކުންފުންޏެއްކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން
-a463967f.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން