-8402fff9.png)
އައިޝަތު ހިދާޔާ

ކ. ކާށިދޫ ސިއްހީ މަރުކަޒުގައި ފިޒިއޯ ތެރަޕީގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިއީ ސިއްހީ މަރިކަޒެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ކާށިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގީލާ ވިދާޅުވީ, މި ޚިދުމަތަކީ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ކާށިދޫގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ. މިއާއެކު މި ޚިދުމަތް ހޯދުމަށް ކާށިދޫ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ނިމުމެއް އައިސް, ރަށުގައި ތިބެގެން މި ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހި ވާނެކަމަށް ވެސް ގީލާ ވިދާުވިއެވެ. މި ޚިދުމަތް ހޯދަން މީގެކުރިން މާލެއަށް ދާންޖެހުމަކީ މާލީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ވެސް އާއިލާތަކަށް ވަރަށް ބުރަ ކަމެއްކަމަށް ގީލާ ވިދާޅުވިއެވެ,
"މިއީ ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގެ ތެރެއިން މި ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން ދިޔަ މަރުކަޒު ވެސްމެ," ގީލަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, އެކިއެކި އަނިޔާތަކާއި އުމުރުން ދުވަސްުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޯ ތެރަޕީއަކީ ކޮންމެެހެން ބޭނުންތެރި ފަރުވާއެއް ކަމަށެވެ. އެހެންކަމުން މި ޚިދުމަތް ކާށިދޫގައި ފެށުމަކީ ކާށިދޫ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގީލާ ވިދާޅުވިއެވެ.
ކާށިދޫ ސިއްހީ މަރުކަޒަކީ އަށް އެނދުގެ ސިއްހީ މަރުކަޒެކެވެ. މިތަނުން ލެބޯޓްރީގެ ޚިދުމަތާއި ބަލިމީހުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތާއި އީސީޖީގެ ޚިދުމަތް މިހަރު ވެސް ލިބެއެވެ.