-8402fff9.png)
މިރާޝް މޫސާ

ހއ. ކެލާ
ހއ. ކެލާ އާއި ކ. ކާށިދޫ ފަޅު ތެރޭގައި ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވީ ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށެވެ. އެއީ އެ ފަޅުގައި 12.19 ހެކްޓަރުގެ ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރުމަށެވެ.
އެއިން ކޮންމެ ރަށެއްގައި ތަރައްގީކުރަންޖެހޭނީ 200 އެނދެވެ. އެ ތަނުން 156.2 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުކުރާ ފަރާތުން ދެ މަސް ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހެއެވެ. އަދި 169.3 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުކުރާ ފަރާތުން ދެ މަސް ތެރޭގައި 2.03 މިލިއަން ޑޮލަރު އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަންޖެހޭކަމަށް އެ އިއުލާނުގައިވެއެވެ.
ކާށިދޫ ފަޅުގައި 115.21 ހެކްޓަރުގެ ރަށެއްގައި 100 އެނދު ތަރައްގީ ކުރަންޖެހެއެވެ. އެ ރަށް ތަރައްގީކުރުމަށްޓަކައި ހިއްކަންޖެހެނީ 10 ހެކްޓަރެވެ. ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސް ތެރޭގައި މަދުވެގެން 2.25 މިލިއަން ޑޮލަރު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހެއެވެ.
މިއިން ކޮންމެ ރަށެއްގެ ބީލަމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު ހުށަހަޅަން ޖެހެއެވެ. ރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓުގެ މަދުވެގެން 20 ޕަސެންޓް ހުރިކަން ސާބިތުކޮށްދޭ ލިޔުމެއް ހުށަހެޅުމަކީ ވެސް ލާޒިމް ކަމެކެވެ.
ކެލާ ފަޅުގައި ހަދާ ދެ ރަށުގެ ބީލަން އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު ފަހު 1:00އަށް ހަމަވާނެއެވެ. ކާށިދޫ ފަޅުގައި ހަދާ ރިސޯޓްގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އެ ދުވަހުގެ ހެނދުނު 10:00 އެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން