-8402fff9.png)
ފާތިމަތު މިޝްކާ

އަހަރުގެ މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ހަމައެކަނި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ. އެއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 74 އިންސައްތަ ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ގެސްޓް ހައުސްތަކުގައި 352،544 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު މިއީ ރާއްޖެއައި ފަތުރުވެރިންގެ 21.9 އިންސައްތަ ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި ހޮޓެލްތަކުގައި 36،869 ފަތުރުވެރިން އަދި ސަފާރީތަކުގައި 2،654 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.