-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

އެމިރޭޓްސް ފްލައިޓެއް -- ފޮޓޯ: ޕީއެސްއެމް
މެދު އިރުމަތީގައި، އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ނުފުރިފައި ތިބި ފަތުރުވެރިން ގެންދަން އެމިރޭޓްސް ގެ ފްލައިޓުތަކުން ރާއްޖެ އަންނަން ފަށައިފިއެވެ.
ރައީސް އޮފީހުަގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގައި ނުފުރި ތިބި ފަސިންޖަރުން ގެންދިޔުމުގެ މަސައްކަތް އެމިރޭޓްސްގެ ފްލައިޓުތައް މެދުވެރިކޮށް ކުރަން ފަށާފައިވާކަމަށެވެ.
އަދި މި މަސައްކަތުގެ ތެރެއިން، ފަސިންޖަރުން އުފުލުމަށް ރޭ އެމިރޭޓްސްގެ ފްލައިޓެެއް ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިރޭ ވެސް އެމިރޭޓްސްގެ އިތުރު ފްލައިޓެއް ރާއްޖެ އަންނާނެކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ދުބާއީ އެއާޕޯޓާއި ޝާރްޖާ އެއާޕޯޓުގައި ރާއްޖެ ހިމެނޭ ގޮތަށް ކުޑަ ކޮރިޑޯއެއްގެ ތެރެއިން ފްލައިޓު އޮޕަރޭޝަންތައް މިހާރު އެބަ ހިންގާ ކަމަށެވެ.
އަދި އޮމާން އަށް ހާއްސަ ދަތުރުތައް ފަށާފައިވާއިރު، އެ ގައުމަށް ބައެއް ޝެޑިއުލް ފްލައިޓުތަކުގެ ދަތުރުތައްވެސް މިހާރު ފަށާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެމެރިކާއާއި އިޒްރޭލާ ގުޅިގެން މި ދިޔަ ހޮނިހިރު ދުވަހު އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ގިން ގައުމު ތަކެއްގެ ވައިގެ ބަނދަރު އަދި "އެއާ ސްޕޭސް" ބަންދު ކޮށްފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އަދި މި ހަނގުރާމައާ ގުޅިގެން ރާއްޖޭ އައި ގިނަ ފަތުރުވެރިންތަކެއް އަމިއްލަ ގައުމަށް ނުފުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓޯޓުގައި ތާށިވެފައިވެއެވެ.
މި ހަނގުރާމައިގައި އެމެރިކާއާއި އެޒްރޭލުން ވަނީ އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ޝަހީދުކޮށްލާފައިއެވެ. އަދި އީރާނުން ދަނީ މިހާރުވެސް އަރަބި ގައުމުތައް ހިމެނޭހެން އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-b3d61f0b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-29328182.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން