-8402fff9.png)

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވެ އަނދަމުން އެބަދެއެވެ .
މިއަދު ހެނދުނު ހިނގި މިހާދިސާގައި ފިހިގެން އެއްވެސް މީހަކަށް އަނިޔާއެއްވިކަމެއް އަދި އެނގިފަ އެއް ނުވެއެވެ. ނަމަވެސް ދުމުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ފަރުވާދެމުން ދާކަމަށް އެ ރަށުން މައުލޫމާތު ދެއެވެ.
ރޯވެފައިވަނީ އެރަށު ބަނދަރުމަތީގައި ހުންނަ ޕެޓްރޯލް ޝެޑުގައެވެ. އެ ޝެޑާއި އިންވެގެން ތެޔޮ ރައްކާކުރާ ގުދަނެއް ވެސް ހުރެއެވެ.
ފުަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ ސިފައިންނާއި ފުލުހުން އަދި އެއާޕޯޓުގެ ފަޔާ ފައިޓަރުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ތެޔޮގޭގައި ރޯވި އަލިފާންގަނޑު އަދި ކޮންޓްރޯލް ވެފައެއް ނުވެއެވެ.
އެ އަލިފާންގަނޑު ވަނީ ކައިރި ބައެއް ގޭގެޔަށް ވެސް ފެތުރިފައެވެ. ނަމަވެސް މިހާރު އެ ގޭގެއިން އަލިފާން ނިއްވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުޅުދުއްފުށިން ފަޔާ ފައިޓަރުންގެ ހާއްސަ ޓީމެއް އެ ރަށަށް މިހާރު ވަނީ ގޮސްފައެވެ.

19 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން