-8402fff9.png)
އައިޝަތު ހިދާޔާ

ހުޅުމާލެ --
ހުޅުމާލޭގައި ގޭސްފުޅިއެއް ގޮވައި ހިނގި ހާދިސާއެއްގައި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވަދޭންފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ, ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
މި ހާދިސާގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުންޏެވެ.
ގޭސްފުޅި ގޮވަން މެދުވެރިވި ސަބަބެއް ފުލުހުން ހަމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ފަހުން ހާމަަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
26 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން

26 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން