-8402fff9.png)
ސައިފުﷲ އަލީ
-20294e3a.jpg)
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ހުޅުމާލޭގެ އެޕާޓްމަންޓުން ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އުމުރުން 64 އަހަރުގެ ޝާހިދަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ޝާހިދަކީ އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު މީސްމީޑިއާގެ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ތުހުމަތުތައް ދޮގުކުރެއްވިއެވެ. އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިފަދަ ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް އެންމެހައި ބޭފުޅުންގެ އަރިހުން ޝާހިދު އެދިވަޑައިގެންނެވިއެވެ.
ޝާހިދަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނުއިރު، އޭނާ ގެންދަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން