-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އެމްޑީޕީގެ ރައީސް އަބްދުުﷲ ޝާހިދު ---
އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީތަކުގެ ތެރެއިން މާލޭގެ މޭޔަރު ޓިކެޓުގެ ޕްރައިމަރީގައި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތާއީދުކުރައްވާ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.
އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި އާޒިމަށް ޝާހިދު ތާއީދުކުރައްވަން ނިންމެވި ކަމަށް ބުނެ ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ ގޮތަށް ނިންމެވީ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ޝާހިދު ބައްދަލުކުރެއްވުމަށްފަހު ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
އަލީ އާޒިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. އަލީ އާޒިމްއާ އެ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރު ވެސް މާލޭގެ މޭޔަރަކަށް ހުންނެވި އާދަމް އާޒިމެވެ. އާދަމް އާޒިމާއެކު ތިބީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނެވެ.
ޝާހިދު މިރޭ އެކްސްގައި ލިއުއްވީ، ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިޚާބެއްގައި ތާއީދު ކުރުމަކީ އޭނާ ގަބޫލުކުރައްވާ އުސޫލެއް ނޫން. ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަޅުގަނޑު ކާމިޔާބީއަށް އެދެން. އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާ އެކު ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް އަޅުގަނޑު މިހުރީ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް. މާތް الله ގެ ހެޔޮ ރަޙްމަތްފުޅުން މި އިންތިޚާބު އެމްޑީޕީއަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ،" ޝާހިދު ލިއުއްވާފައިވެ އެވެ.
އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓާ ގުޅިގެން ހިޔާލު ތަފާތުން ބޮޑުވެފައިވެ އެވެ. ނަޝީދާ އެކު މި ވަގުތު ހުންނެވި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. ކުރީގެ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.

3 ދުވަސް ކުރިން

16 ދުވަސް ކުރިން
-20294e3a.jpg)
18 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން