-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދީ ގޮވާލި އަލީ ޖުމާންގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ. އޭރު އޭނާގެ ބަންދަށް ޖެހީ 12 ދުވަހެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލި މައްސަލައެއްގައި ކަމަށެވެ. އޭނާ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ ޣައިރުގާނޫނީ އަމަލުތަކަކަށް ހިތްވަރުދީ ގޮވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކުރި މައްސަލައެއްގައި ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

22 ދުވަސް ކުރިން
-eae1835f.jpeg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-6ba84e21.jpg)
4 މަސް ކުރިން

5 މަސް ކުރިން