-8402fff9.png)
ސައިފުﷲ އަލީ

ކްރިމިނަލް ކޯޓު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބެންޖެހޭ 783,100 ލީޓަރުގެ ޑީސަލަށް ޚިޔާނާތްތެރިވި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ ޗީފް މެނޭޖަރާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބައުޒަރު ޑްރައިވަރު 8 އަހަރަށް ޖަލަށް ލުމާއެކު 6.7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެއެވެ.
މި މައްސަލައިގައި ޚިޔާނާތްތެރިވުމާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔެކިއުމެއް އުފެއްދުމުގެ ދައުވާ ދައުލަތުން އުފުލީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ ޗީފް މެނޭޖަރު ސ. ފޭދޫ ވާރުގެ، މުހައްމަދު އައިމަން އާއި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ދުއްވާ ބަންގްލަދޭޝްގެ ޑްރައިވަރު ސޮޖިބްގެ މައްޗަށެވެއެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ 25 ފެބްރުއަރީ 2024 ގައެވެއެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވީ 8 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެއެވެ. މީގެއިތުރުން، މި މައްސަލައިގައި ޚިޔާނާތްތެރިވި ތެލުގެ އަގަށްވާ 6.7 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެއެވެ.
ދައުވާގައިވާ ގޮތުން، އައިމަން ވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ އިސް މެނޭޖަރުގެ ގޮތުގައި ހުރެ 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށްފައެވެއެވެ. އަދި 13 ޖަނަވަރީ 2020 އިން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަތުމަށް އޭނާ އިރުޝާދު ދިނެވެއެވެ.
އެ ޑެލިވަރީ ނޯޓުތައް ސިސްޓަމުން ބަލައިގަނެ ޕްރޮސެސްކޮށް، އެމްޕީއެލްއަށް ލިބިފައިނުވާ 783,100 ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ދައްކައިގެން، އެ ތެލުގެ އަގަށްވާ 6.7 މިލިއަން ރުފިޔާ ވަނީ އެފްއެސްއެމްއަށް ދައްކާފައެވެއެވެ.
އަދި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ ގޮތުގައި ހުރި ސޮޖިބް ވަނީ، އެމްޕީއެލްއަށް ތެޔޮ ޑެލިވަރީކުރުމުގެ މުއާމަލާތުގެ ތެރެއިން އެ މުއްދަތުގައި 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކޮށްފައެވެއެވެ. މިގޮތުން ޑެލިވަރީކުރަންޖެހޭ ޑީސަލަށް ޚިޔާނާތްތެރިވުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެއެވެ.

15 ދުވަސް ކުރިން
-eae1835f.jpeg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން