-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

ވޯރިއާސް އެރީނާ ޖިމް ---
އެންމެ ޒަމާނީ ޖިމެއްގެ ވަސީލަތްތަކާއި, މާޝަލް އާޓްސް ޓްރެއިނިންގެ ޚިދުމަތާއެކު ހުޅުމާލޭގައި މުޅިން އާ ޖިމެއް ހުޅުވައިފިއެވެ.
ވޯރިއާސް އެރީނާގެ ނަމުގައި މިދިޔަ މާޗު މަހުގެ ފުރަތަމަ ދުވަހު ހުޅުވި މި ޖިމް ހުންނަނީ ހުޅުމާލޭ ނިރޮޅުމަގު ކޮރަލް ވިލް ކައިރީގައެވެ. މިއީ އެ މަގުގައި ހުޅުވި ފުރަތަމަ ޖިމެވެ.
އެންމެ ފަހުގެ ގިނަ އިކުއިޕްމެންޓުތަކާއެކު ހުޅުވި ޖިމުގައި ތަމްރީނުވެގެން ތިބި ދެ ޖިންސުގެ ޓްރެއިނާސްގެ ޚިދުމަތް ލިބޭނެއެވެ. އަދި, ޕާސަނަލް ޓްރެއިނިން ވެސް ނެގޭނެއެވެ.
މި ޖިމްގެ އެންމެ ތަފާތު ކަމަކީ މާޝަލް އާޓްސްގެ ތަމްރީނުތައް ޖިމުގައި ހެދުމެވެ. އެގޮތުން, އެކަމަށް ޚާއްސަ ޓްރެއިނަރުން ޖިމްގައި މަސައްކަތް ކުރާނެއެވެ. އަދި, އެތަނުން ތަމްރީނުވާ އެތުލީޓުންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ޖިމުން ބުނެއެވެ.
ޖިމުގެ މެންބާޝިޕް ޕެކޭޖުތައް ހަދާފައިވަނ ީދިވެހިންނާއި އެންމެ އެކަށޭނަ އަގެއްގައެވެ. އެގޮތުން ވޯރިއާސް އެރީނާގެ ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ;
މީގެ އިތުރުން, ރެގިއުލާ ޕެކޭޖު ނަގާ ފުރަތަމަ 100 ކަސްޓަމަރުންނަށް އެ ޕެކޭޖުން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް އެ ޖިމުގައި އެބަ ކުރިއަށް ދެއެވެ.
ވޯރިއާސް އެރީނާ ޖިމް އާންމުކޮށް ހުޅުވާފައި ހުންނާނީ ފަތިހު 05:30 އިން ރޭގަނޑު 21:00 އަށެވެ. ރޭގަނޑު 21:00 އިން 23:00 އަށް ޖިމް ހާއްސަ ކުރެވިފައިވަނީ އަންހެނުންނަށެވެ.
ޖިމުގެ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު: