-8402fff9.png)
މިރާޝް މޫސާ

ފްރާންސުން ރާއްޖެއަށް ކަނޑައަޅައިފައިވާ ހުންނަވާ ސަފީރު ޕަކްތެތު (ވ) ރާއްޖޭގެ ފޮރިން މިނިސްްޓަރު ޒަމީރާއެކު -- ފޮޓޯ: ފޮރިން މިނިސްޓްރީ
ފަރަންސޭސިވިލާތުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެއެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 53 އަހަރުގެ ޕަކްތެތު އަވަހާރަވެފައި އޮއްވާ ފެނުނީ ލަންކާގައި އޭނާ ދިރިއުޅުއްވާ ގެކޮޅުންނެވެ. އަވަހާރަވިކަން އެނގުނީ ދިރިއުޅުއްވާ ކޮޓަރިން މިއަދު ނިކުމެވަޑައިނުގަތުމުން، ބެލި ބެލުމުން ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
އެ ގައުމުގެ ފުލުހުން ވަނީ ޕަކްތެތުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދައި މައްސަލަ ތަހުގީގުކުރަން ވެސް ނިންމައިފައެވެ.
ޕަކްތެތު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް"ގައި ވިދާޅުވީ ސަފީރު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އޭނާ ރާއްޖެއާއެކު ބޭއްވެވި ގާތްގުޅުން އަބަދުވެސް ހަނދާންކުރައްވާނެކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
އޭނާ ވަނީ ޕަކްތެތުގެ އާއިލާއަަށާއި ފްރާންސްގެ އެމްބަސީއަށް ތައުޒިޔާ ފޮނުއްވައިފައެވެ.
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން
-b36f3911.png)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން