-8402fff9.png)
ފާތިމަތު މިޝްކާ

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ދާދިފަހުން ދިން ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ސައުދީގެ އާންމު ރައްޔިތުންނާއި މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ދީފައިވާ މި ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެކެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭކަން ވަނީ ފާހަގަކޮށްފައެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަން މި ބަޔާނުގައި ވަނީ ކަށަވަރުކޮށްދީފައެވެ.
ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމުގެ އިތުރުން އިސްތިގުލާލު ދިފާއުކުރުމަށްޓަކައި ސައުދީ ސަރުކާރުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ. މީގެ އިތުރުން، ސަރަހައްދީ މަސްރަހުގައި ފަހަކަށް އައިސް ހޯދިފައިވާ ކުރިއެރުންތައް ދަމަހައްޓައި، މަސްރަހު އަލުން ގޯސްވިޔަނުދީ، ސުލްހަވެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ޑިޕްލޮމެސީ އިސްކުރުމުގެ މުހިންމުކަން ރާއްޖޭގެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.
ޔަމަނުގެ ހޫތީން މި ހަމަލާތައް ދީފައިވަނީ ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ނިސްބަތުން ހަމަހިމޭންކޮށް އޮތުމަށްފަހު، ހޫތީންނާއި ސައުދީއާ ދެމެދު ހިނގި އެންމެ ބޮޑު އެއް ކުރިމަތިލުމެވެ.
މި ހަމަލާ ދީފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާގައި އޮންނަ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރަމުންދާތީ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން
-6fcd09e3.jpeg)
7 މަސް ކުރިން

7 މަސް ކުރިން