-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން
ރާއްޖޭގައި އަރަބި ބަހުގެ އިންސްޓިޓިއުތެއް ހުޅުވަން ދާދި ފަހުން މަޝްވަރާ ކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިކަން އިއުލާނު ކޮށްފައިވަނީ އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައިވާގޮތުން އެ މިނިސްޓްރީގެ އިސް އޮފިޝަލުން ދާދި ފަހުން އަލްއިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީގެ މަންދޫބުންނާ ވަނީ ބައްދަލު ކުރައްވައިފައެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އަރަބި ބަހުގެ އިންސްޓިޓިއުޓެއްހުޅުވަން މަޝްވަރާ ކޮށްފައި ވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ މި ޙަރަކާތުގެ މަޤްޞަދަކީ، ސަޤާފީ ގުޅުން ބަދަހިކޮށް ބަހުގެ ފަރިތަކަން އިތުރުކޮށް، ރާއްޖެއަށް ހުރި ތަޢުލީމީ ފުރުޞަތުތައް އިތުރަށް މުއްސަނދިކުރުން ކަމަށެވެ.
މީގެ ކުރިން އަރަބި ބަހުގެ އިންސްޓިޓިއުޓެއް ރާއްޖޭގައި ހުޅުވައިފައި ނުވާއިރު، މިއީ މިފަދަ އިންސްޓިޓިއުޓެއް ރާއްޖޭގައި ހުޅުވަން މަޝްވްރާ ކުރި ފުރަތަމަ ފަހަރެވެ.

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން