-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައީސް މުހައްމަދު މުއިއްޒު އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ޒުވާނުންނާއެކު ބޭއްވި ބައްދަލުވުން - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަނާލަކާއެކު ގައުމީ ޔުނިވާސިޓީއެއްގެ ކެމްޕަހެއް އެޅުމަށް މަަސައްކަތް ކުރަމުން ދަނީ މަތީ ތައުލީމަށް މާލެ ހިޖުރަކޮށް ބޮޑު ހަރަދުކޮށްގެން ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެންނަން ވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ޒުވާނުންނާއެކު މާލޭގައި ރައީސް ބޭއްވެވި ކޮފީ ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ވަނީ ޒުވާނުންގެ ހުރި އެކި ކަންބޮޑުވުންތަކުގެ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅައިފައެވެ.
އެއިން އެއް ޕްރޭެޒެންޓޭޝަންގައި މައިގަނޑު ކަންބޮޑުވުމަކަށް ފާހަގަކުރީ، މާލޭގައި ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި އޭގެ ސަބަބުން މަތީ ތައުލީމަށް ފޯކަސްކޮށްގެން ޒުވާނުންނަށް ތިބެން އުނދަގޫވުމެވެ.
އެ ޕްރެޒެންޓޭޝަނަށްފަހު ރައީސް މުއިއްޒު ވާހަކަ ދައްކަވަމުން ވިދާޅުވީ މިސަރުކާރުގެ ޕްލޭނަކީ ކޮންމެ އަތޮޅެއްގައި މަދުވެގެން ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ހުރުން ކަމަށެވެ. އަދި ދަރިވަރުން ތިބޭނެ ދަނާލެއް ވެސް އެ ރަށްރަށުގައި ހުރުން ކަމަށް ވިދާޅުވިއެވެ.
"މިހާރު ވެސް އެއިން ގިނަ ރަށްރަށުގައި ކެމްޕަސް އެޅުމަށް..ބައެއް ރަށްރަށުގައި އެމްއެންޔޫ (ގައުމީ ޔުނިވާސިޓީ) އާއި އައިޔޫއެމް (އިސްލާމިކް ޔުނީިވާސިޓީ) ގެ ވެސް ކެމްޕަހެއް އަޅަން، ދަނާލް ވެސް އަޅަން އެ ވަނީ ސައިން ކޮށްފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަންނަ އަހަރު ނިމެން ވާއިރަށް ގިނަ ކެމްޕަސްތަކުގެ އިމާރާތްތައް އަޅައި ނިމި ހުޅުވޭ ވަރު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބޮޑު މައްސަލައަށް ވަރަށް ބޮޑު ހައްލެއް އެ އަންނަނި. މާލެއަށް ހުރިހާ ކުދިން އައިސް މި ތަނުގައި ތިބެން ޖެހި، ހައި ކޮސްޓް އޮފް ލިވިންގެ ތެރޭގައި މި ސަފާކުރަން ޖެހޭ ކުރުމަށް ބޮޑު ހައްލެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.
އުމްރާނީ ބިނާގެ މަސައްކަތްތައް މިހާރު ހަވާލުކޮށްފައިވާ އިރު އެ މަސައްކަތްތައް ނިމުމުން ދެންހުރި ކަންކަމަށް ނަގާނީ ކުޑަ ވަގުތުކޮޅެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ކިޔަވައިދޭނެ ޓީޗަރުންނާއި ދެން ހުރި ފެސިލިޓީސްތައް ޕްރޮވައިޑްކޮށްދިނުން ދެން އޮންނާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން