-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން
ދަރިވަރުންނާއ މުދައްރިސުން މުސްތަގުބަލަށް ތައްޔާރު ކުރަން އޭއައި ބޭނުން ކުރަން ރާއްޖެއިން އިސްކަން ދޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ބީޖިންގ ނޯމަލް ޔުނިވަރސިޓީ އާއި ޔުނެސްކޯ އިން އިންތިޒާމްކޮށްގެން ޗައިނާގައި ބާއްވާ ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސް 2024 ގެ އިފްތިތާޙީ ރަސްމިއްޔާތާއި، ޕްލެނަރީ ސެޝަންގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމު ޑިޖިޓަލައިޒް ކޮށް އާ ގޮތްތައް ތައާރަފުކޮށް ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް އޭއައި އަށް ހޭލުންތެރި ކުރުވާ، ދަރިވަރުންނާއި މުދައްރިސުންނަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުކުރުވުގެ މުހިންމު ކަމާއި ގުޅޭ ގޮތުންވެސް އެކަމަނާ ވަނީ ވާހަކަދައްކަވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކެއް ހުރި ނަމަވެސް ދަރިވަރުންނާއި މުދައްރިސުން މުސްތަޤުބަލަށް ތައްޔާރު ކުރުވުމަށްޓަކައި އޭއައި އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ރާއްޖެއިން އިސްކަންދޭ ކަމަށެވެ.
އަދި ޑިޖިޓަލް ހުނަރު އުނގަންނައި ދިނުމާއި، ތަފާތު ދަރިވަރުންގެ ތަފާތު ބޭނުންތަކަށް ފެތޭ އުނގެނުމުގެ މާހައުމެއް އުފެއްދުމުގެ މުހިންމުކަމާ ގުޅޭ ގޮތުންވެސް މާރިޔާ ވަނީ ވާހަކަ ދައްކަވައިފައެވެ. އެގޮތުން އެކަމަނާ ގޮވާއިލެއްވެވީ ތައުލީމީ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތަކުގެ ފައިދާ ދަރިވަރުންނަށް ލިބިދޭނެ ސިޔާސަތެއް ގާއިމު ކުރެއްވުމަށެވެ.

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން