-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

މި އަހަރުގެ މިހާތަނަށް ލޯނުގެ ގޮތުގައި 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސް ވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިހާރުވެސް ކޮންމެ ދުވަހަކުވެސް ލޯނު ދޫކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރެވެމުން އަންނަ ކަމަށެވެ.
އަދި ލޯނުގެ ކަންކަން ވެސް މިހާރަށް ވުރެ އަވަސް ވާނެ ގޮތެއް ހެދުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މި އަހަރުވެސް ކިޔަވަން ދޫކުރާ ލޯނަށް 1300 އަށް ވުރެ ގިނަ ކުދިން ހޮވުނު ކަމަށް ވިދާޅުވެފައެވެ .
އޭނާ ވިދާޅުވީ މިދިޔަ އަހަރުވެސް ވަރަށް ގިނަ ދަރިވަރުންނަށް ލޯނު ދޭ ގޮތަށް ނިންމަވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ދަރިވަރުންގެ ތެރެއިންވެސް ގިނަ ދަރިވަރުންނަށް ލޯނުގެ ފުރަތަމަ ޕޭމެންޓު ދިނުމުގެ މަސައްކަތް ކުރަން ޖެހުނީ މި ސަރުކާރުން ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ލޯނުގެ އެހީގައި ކިޔަވމުންދަ ދަރިވަރުންނަށް ކޮންމެ ހަ މަހަކުން ލޯނުގެ ފައިސާ ދޫކުރަމުންދާ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމން އަންނަ ދަރިވަރުންނަށް ލޯނުގެ ފައިސާ ނުލިބޭ ކަމަށް ބުނެ އާންމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއެވެ.
ދާދިފަހުން މިދިޔަ ޖުލައި މަހުވެސް އިދިކޮޅު އެމްޑީޕީން ވަނީ ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. އެހެން ނަމަވެސް މި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން