-8402fff9.png)

މަރްޔަމް މާޙީ

ރާއްޖޭގައި އަލަށް ށ. ގޮއިދޫގެ 10 ދަނޑުވެރިން އެމްޖީއޭޕީ ސެޓިފައިޑް ވެއްޖެ އެވެ.
މިކަން ފާހަގަކޮށްފައިވަނީ އެގްރިކަލްޗާ އަދި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ މަރިޔަމް މާރިޔާ އެ ރަށަށް ވަޑައިގެންނެވެ. މި ދަތުރުގައި ޖަޕާން އެމްބެސެޑަރާއި, ޔޫއެންޑީޕީ ރެޕްރެސެންޓޭޓިވް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު މާރިޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮައިދޫގެ 10 ދަނޑުވެރިން އެމްޖީއޭޕީ ސެޓިފައިޑް ވެފައިވާ ކަމަށެވެ. އަދި މިއީ ރައްކާތެރި ދަނޑުވެރިކަން ކުރެވިދާނެ ކަމާއި, އެކަމުގެ އަގުވަޒަންކުރާނެ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
ޔޫއެންޑީޕީން ވެސް ވަނީ މިކަން ފާހަގަކޮށް މަރުހާބާ ކިޔައިފައެވެ.
" ގޮއިދޫގެ 10 ދަނޑުވެރިން މިވަނީ ރާއްޖޭގެ ފުރަތަމަ އެމްޖީއޭޕީ ސެޓިފައިޑް ހޯދި ފަރާތަތަކުގެ ރިކޯޑް ހަދައިފައި. މިއީ ރައްކާތެރި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެކަން ފާހަގަ ކުރުމަށްދެވޭ ސެޓިފިކެޓެއް." ޔޫއެންޑީޕީން ވިދާޅުވިއެވެ.

4 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
2 އަހަރަށްވުރެ ގިނަ ކުރިން