-8402fff9.png)

ރަނާ އަހްމަދު ފަޔާޒް

މިއަދު ރޯވި ގުދަން އަނދާ ހުލިވެފައި --
ކ.ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕްގައި ރޯވި އަލިފާނުގައި ފިހުނު މީހާއަށް މާ ބޮޑު އަނިޔާތަކެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިއަދު ހެނދުނު 08:36 ހާއިރު ތިލަފުށީ މެރިންޑޯ ވޯކްޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިިޔު ސާވިސްއަށް ލިބުމާއެކު، އެ ޚިދުމަތުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ވަގުތުން ގޮސްފައެވެ.
މި ވޯކްޝޮޕްގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް ، އެމްއެންޑީއެފް ފަޔާ ފައިޓަރުންނަށް ކޮންޓްރޯލް ކުރެވުނީ މިއަދު 09:46 ހާއިރުއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 11:04 ހާއިރުގައެވެ.
މި ހާދިސާގައި މެރިންޑޯ ވޯރކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންދެވުނު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި، އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ މީހާއަކީ އަލިފާން ރޯވުމަށްފަހު އެ ތަނުގެ ތިންވަނަ ފަންގިފިލާއަށް އަލުން އެރި މީހެކެވެ. އެ ތަނަށް އެރުމަށްފަހު އޭނާ ފުންމާލި ވަގުތު އޭނާގެ ފައި ކޮންމެވެސް ވަރަކަށް ފިހުނީކަމަށާއި މާ ބޮޑު އަނިޔާއެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.
މި އަލިފާނުގެ ހާދިސާގައި މެރީންޑޯ ގުދަން އެއްކޮށްހެން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

19 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން

26 ދުވަސް ކުރިން

27 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން