-8402fff9.png)

މުހައްމަދު ޔަމީން
-16ff382f.jpg)
މިއަދު ތިލަފުށީގައި ރޯވި އަލިފާނުގައި އިރާއީ ބުކްޝޮޕުގެ ގުދަނަކަށް ގެއްލުންވެފައި ---
ތިލަފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އިރާއީ ބުކްޝޮޕުގެ ގުދަނެއް އަނދާ އަޅިއަށްވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެ ބުކްޝޮޕްގެ ވެރިޔާ 'ނުކުތާ'އަށް ކިޔައިދިން ގޮތުގައި އެތަނުގެ ގުދަން ހުރީ އަލިފާން ރޯވި މެރިންޑޯގެ ގުދަނުގެ ބިއްދޮށުގައި ކަމަށެވެ. އެ އަލިފާންގަނޑު ނިއްވާލި ކަމަށް ސިފައިން މައުލޫމާތު ދިން އިރު ވެސް، އިރާއީގެ ގުދަނުގައި ރޯވެފައިވާ ހުޅުގަނޑު ނުނިވި ހުރި ކަމަށް އޭނާ ބުންޏެވެ.
ދެބުރިއަށް ހުރި އެ ގުދަނުގެ ތިރީ ބުރީގައި ހުރީ ފޮތާއި، ކަރުދާހެވެ. މަތީ ބުރީގައި ހުރީ ކުޅޭ އެއްޗެއްސެވެ.
"ކަރުދާސް ވީމަ ވާގޮތަކީ އެހެން ހުރެފަ ވެސް ހަމަ ހުޅު ހިފަނީ، ދެން އެ ފްލޯ ހިއްލާނުލެވެންޏާ އަޑި އޮތް ގޮތެއް ވެސް ނޭނގޭނެތާ" އޭނާ ކިޔައިދިނެވެ.
އެ އަލިފާނުގައި އެ ގުދަނުގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދާ، ހުލިވެފައެވެ. އަދި، ގުދަނުގައި ހުރި އުޅަނދުތަކަށް ގެއްލުންވެ، މަތީ ބުރިވެސް ވެއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.
"ދެބުރިއަށް ހުރި ތަނެއް އެއީ، އެތަން އޮތީ ބިމާ ހަމަވެ، ވެއްޓިފައި. އެތަނުގައި އޮތް ޕިކަޕު ވެސް އޮތީ ގޮވާފައި" ބުކްޝޮޕުގެ ވެރިޔާ ކިޔައިދިނެވެ.
ވެއްޓިފައި އޮތް ފްލޯ ހިއްލާލެވޭވަރުވީ މިރޭގެ ވަގުތެއްގައެވެ. އޭރުވެސް، އެތަނުގައި ހުރި މުދަލުގައި ހުރީ ހުޅު ހިފާފައެވެ. އެ އަލިފާންގަނޑު ނިއްވާލީ އެވަގުތު އެތަނަށް ފެންޖަހައިގެންނެވެ.
އިރާއީގެ ވެރިޔާ ކިޔައިދިން ގޮތުގައި އެތަނުގައި ހުރި އެއްޗިހިތައް ސާފުކުރުމުގެ މަސައްކަތް ބަޔަކު ކުރަމުން އެބަދެއެވެ. ނަމަވެސް، އެއީ ކޮންބައެއްކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގުދަނުގެ އިމާރާތާއި، މުދަލަށް ލިބުނު ގެއްލުމުގެެ ޖުމްލަ 10 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. މުދަލުގެ އަގު އެކަނި ވެސް ހަތް މިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެރިންޑޯ ގުދަނުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ސިފައިންގެއިން ބުނީ މެންދުރު 11:59ގައެވެ. އެ ހާދިސާގައި މީހަކަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

19 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން

26 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން