-8402fff9.png)

ކައުޘަރު އަހްމަދު ލަތީފް

ފޮޓޯ: މިހާރު
ދިވެހިންނަކީ އެކި ގޮތްގޮތުން ހުނަރުވެރި ބައެކޭ ފަރަންޖީން ބުނެއުޅެއެވެ.
އަދި ތަފާތު ގާބިލިއްޔަތުތަކެއް ލިބިފައިވާ ބައެކޭ އެ މީހުން ބުނެއުޅެއެވެ.
އެހެނަސް އަހަރެމެން މިނަށްވުރެ ނަފްސާމެދު ފަރުވާކުޑައީއެވެ.
ދިވެހި ކާބަފައިން ކޮށްއުޅުނު މަސައްކަތްތައް އަހަރެމެންނަށް ފެނެއެވެ.
ދިވެހީން އިހުގައި އުޅުނު ގެވެހި ގޮތްތައް އަހަރެމެނަށް އިހުސާސްވެއެވެ.
އެހެނަސް ޒަމާނީ އަހަރެމެން ކެއުމާމެދު މިނަށްވުރެ ފަރުވާކުޑައީއެވެ.
އިހު ދިވެހީންގެ ހުރި ޖޯރާއި ސަމަންތަރު ހެޔޮކަން އަހަރެމެންނަށް އެނގެއެވެ.
އޭރު ކައިއުޅުނު މިންހެޔޮ ކެއުމާއި ބުއިން އަހަރެމެންނަށް އެނގެއެވެ.
އެހެނަސް މިހާރުގެ މަމެން ޖިސްމާމެދު މިނަށްވުރެ ހަމަ ވަރިހަމައީއެވެ.
ތަހުޒީބުގެ މާނައީ ތަންދޮރު ދަތުންކަމަށް އަހަރެމެން އޭރު ގަބޫލުކުރީމެވެ.
ތަހުޒީބަކީ ނަމަވެސް މިއަދު ގޮތްފޮތް ނެތުންކަމަށް އަހަރެމެންނަށް ހީވެއެވެ.
އެހެނަސް ދަތުން ބޭކާރުކޮށް ނަފްސާމެދު މިނަށްވުރެ މަމެން ވަރިހަމަވީމެވެ.
އަބުތާލުންނަށް ވެރިކަން ދީގެން ރައްކާތެރިކަންމަތީ ތިބި ދުވަސް ވެސް ދުށީމެވެ.
އިލްމުވެރިންނަށް ފަނޑިޔާރުކަން ދީގެން އުޅުނު ހަނދާން ވެސް ހުރެއެވެ.
އެހެނަސް މިހާރު ގަމާރުން ކޮންމެ ކަމަކަށް ވެސް އޯކޭވީއެވެ.
މުޅި ގައުމު ތަމްސީލުކުރާ ޒިންމާތަކަށް ހޮވާ މީހުންގެ ކަންފުޅެއްވެސް ހަމަ ނެތީއެވެ.
މުޅި ޝަޚުސު ވެއްޔާ މޮޑެވުނަސް ނަގުދަށް ފާހަގަޖަހައި މަމެން އުޅެމެވެ.
އެހެނަސް ދިވެހީން ބޮޑުކަންކަމާ ތަންފުކެއް ވަރިހަމަ ބޮޑީއެވެ.
އޭރުގެ މަދަރުސާތަކާއި މަކުތަބުތަކުން ހުޅުވިފައިވާ ދުރުވިސްނުންތައް ނެރެވެއެވެ.
މިހާރުގެ އިސްކޯލުތަކާއި ޔުނިވަރުސިޓީތަކުން ނިކުންނަކީ ހުސް ދެލިގަނޑު ސަނަދެވެ.
އެހެނަސް ވަހުމީ މަމެން ހަމަ މިނަށްވުރެ އިލްމާމެދު ކާމްޗޯރީއެވެ.
ދޭސީންތެރޭ ނެތް ހިތްވަރަށް ކަންކަންކުރަން ބިދޭސީން ގެންނަމެވެ.
ވޭނީތަދާއި ރިހުންތައް ފަހުން ގިނަވާނެކަން ދޭސީތަކުންނަށް ހަމަ ނޭނގެނީއެވެ.
އެހެނަސް މިތާތިބި ދޭސީން މިނަށްވުރެ ހަމަ ކަންނެތީއެވެ.
އޭރުގެ ހަޔާތުގެ ދަތުރުތައް އެކުގައި ލައްކަ ދުރަށް ފޯރައިފައިވެއެވެ.
އޭރު ހިތާހިތުން މާލިމީއަށް ލައްކަ ގިނައިން ކިޔަމަން ވެސް ގަތީމެވެ.
އެހެނަސް ޒަމާނީ މަމެންގެ ކެތްތެރިކަން ވެސް ހަމަ ނެތީއެވެ.
ކައިވެނިނުކޮށް ތެޅިހާތެޅުން ފަހުން ރަނގަޅުވާނޭ ހިތައި އަދިވެސް އުޅެމެވެ.
އަހަރެންނަށް އޭނާ ބަދަލުކުރެވިދާނޭ ހިތައި އަދިވެސް ކަނބަލުން އުޅެއެވެ.
އެހެނަސް ކަނބަލުން މިނަށްވުރެ ވިސްނުން ހަމަ ޅައީއެވެ.
ފަހު ނޭވައަށް އެޅޭއިރު ވެސް ކުރާނެ އިތުރުކަމެއް ނެތޭ ހިތަށްއަރައެވެ.
ދެން ވެސް އުޅޭނީ ދަރިންނަށްޓަކައޭ ހިތައި ކެތްކޮށްލަމެވެ.
ނަމަވެސް ފެށީ ގިނިކަންޏާކަން މޭރުން ހަމަ ނުވަނީއެވެ.
ދަރިފުޅު މަގޭ ދޮންފުތުކުރަން ކުރެވޭކަމެއް ވެސް ނޭނގޭހާލު މައިންއުޅެއެވެ.
ކޮށްޓެއްގޮތަށް ގޭގައި ކުރި ބަންދުން ފިލާނެކަން ވެސް ނޭނގޭ ހާލު އުޅެއެވެ.
ނަމަވެސް ކެނބެއްހައިތަން ދޫވާނެވަރު ނޭނގޭވަރަށް ހަމަ ވަރިހަމައީއެވެ.
މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު އެތެރޭގެ އަތެއް އެބަވެއޭ ބުނެއެވެ.
ހިނިއަންނަނީ މަވަންތަކަމަކީ ބޮޑުސިންގާ ހަރާންކޯރުވުމެއްކަން މަމެންނަށް ނޭނގޭތީއެވެ
އެހެނަސް މަށާ އަދި ނުޖެހޭތީ އާގަމަވެފައި ހަމަ ތިބެވެނީއެވެ.
ވައިފައި އިން މަގުފުރެދޭކަން އެނގިތިބެ މިނެއްނެތި ކުދިންނަށް އެ ހޯދައިދެމެވެ.
މައިންނަށް އެއާ ދޯޅުވާން ނޭނގޭ ހާލުވެސް ދަރިންނަށް އޭތި ހޯދައިދެމެވެ.
ނަމަވެސް ކުއްލިއަކަށް ކަސިޔާރުނުވާތީ ވަރިހަމަވެފައި ތިބެވެނީއެވެ
ބިޓުން ނެގުމާ ވަކިން އުޅުމާ މާބޮޑުކަމެއް ކަމަށް ނުހިތައި މައިން ތިބެނީއެވެ.
ބިޓުންގެ ފުށުން ދިމާވާ ނޭއްގާނީ ކަންކަން ވެސް އޯކޭވެގެން ހަމަ ތިބެވެނީއެވެ.
އެހެނަސް އިންނަތަނުން ވަރިވާތީ ރޯމަހެއް ހެން ހަމަ ތެޅެނީއެވެ.
ފަށްކެނޑުމަށް ނުކުޅެދޭ ހާލު ފަށްފަށުން ފަށްފަށްވިއަސް ތިބެވެނީއެވެ.
ފަށްކެނޑުމަށް ނުއިނދެވޭތީ ބިދޭސީންނާ އިންނަންވެސް ހަމަ އޯކޭވީއެވެ.
ފަހުވަގުތު ދޯކާ ލިބޭއިރު ވެސް ކަކުންޏެއްހެން އިނދެވެނީއެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން