-8402fff9.png)
މިރާޝް މޫސާ

އަކުރު ޓައިޕް ފައުންޑްރީ ލޯންޗު ކުރުމުގެ ރަސްމިއްޔާތު ---
ދިވެހި ފޮންޓުގެ އެންމެ ކުރިއަރާފައިވާ އޮންލައިން މާކެޓް ޕްލޭސް 'އަކުރު ޓައިޕް' ލޯންޗުކޮށްފިއެވެ.
މިރޭ އޮތް ރަސްމިއްޔާތެއްގައި އެ މާކެޓްޕްލޭސް ހުޅުވައިދެއްވީ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ. މި ހަރަކާތުގެ މަޤްޞަދަކީ ދިވެހި އަކުރުގެ މުހިންމުކަން ފާހަގަކުރުމެވެ.
ދުނިޔޭގެ ފެންވަރުގައި ބަސް ކުރިއެރުވުމުގައި މި ޕްލެޓްފޯމްގެ ދައުރަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ފާހަގަކުރައްވާފައި ވަނީ އަދަބިއްޔާތަށް މި ޕްލެޓްފޯމްގެ މުހިންމުކަމެވެ.
މާކެޓް ޕްލޭސްއަކަށް ވުމުގެ އިތުރުން، 'އަކުރު ޓައިޕް' ތަރައްގީކޮށްފައިވަނީ ހުނަރުވެރި ޑިޒައިނަރުންނާއި، ލިޔުންތެރިންނާއި، ޓައިޕް ފައުންޑްރީތަކާއި، ކްރިއޭޓިވް ބްރޭންޑްތަކުން ތައްޔާރުކޮށްފައިވާ ދިވެހި ފޮންޓްތައް އެއްކޮށްލާ ޑައިނަމިކް ޕްލެޓްފޯމެއްގެ ގޮތުގައެވެ.
ވިސްނުންތެރިކަމާއެކު ފަރުމާކޮށްފައިވާ މި ފޮންޓްތަކުން ދިވެހި އަކުރުތަކުގެ އަޑިއާއި ރީތިކަމާއި ސަގާފީ މުއްސަނދިކަން ދައްކުވައިދިނުމަށް މަސައްކަތްކޮށް، ބަހަށް ޝައުގުވެރިކަން އިތުރުވެގެންދެއެވެ.
އަކުރު ޓައިޕް ކޮންޓްރިބިއުޓާ ޕްލެޓްފޯމްގެ ސަބަބުން ފޮންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ ފޮންޓްތައް ދައްކާލުމާއި ވިއްކުމުގެ ފުރުސަތު ލިބިގެންދާއިރު، މާކެޓިން އަށް ކުރިއަރާފައިވާ ފީޗާސްތައް ބޭނުންކޮށް، ކަސްޓަމަރުންނާ ގާތް ގުޅުންތަކެއް ގާއިމްކުރެވޭނެއެވެ.
ތިން ކޮންޓްރިބިއުޓަރުންނާއެކު ފެށި އަކުރު ޓައިޕްއިން އެހެން ހުނަރުވެރި ފޮންޓް ޑިޒައިން ކުރާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތައް ހިއްސާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ގްރޭންޑް އެންކްރިއާ ސްޓޫޑިއޯއިން ތައާރަފްކޮށްފައިވާ ޓައިޕް ފައުންޑްރީ، 'ފިލީ ޓައިޕް ފައުންޑްރީ' ގައި އެކި ފޮންޓްތައް އަކުރު ޓައިޕް މާކެޓުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން