-8402fff9.png)

ޢާލިމް އަބްދުއްލަތީފް

ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ --
ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީއާއެކު ދިވެހި ބަސް އުނގެނުމުގެ ކިލާސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އަލިމަސް އެކެޑަމީއިން މިއަދު ބުނީ މިއީ ބެލެނިވެރިންގެ އެދިލެއްވުމުގެ މަތިން އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކްލާސްތަކެއް ކަމަށެވެ. މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ އަލިމަސް އެކެޑަމީގެ ރައީސް އަޝްރަފެވެ.
މި ކްލާސްތައް އޮންލައިންކޮށްނާއި ފިޒިކަލްކޮށް ވެސް ކުރިއަށްދާނެއެވެ. އަދި މި ކްލާސްތަކުގައި ކިޔަވައިދޭނީ ހިލޭކަަމަށް ވެސް އެ އެކެޑަމީން ބުނެއެވެ.
ކިލާސްތައް އޮންނާނީ މި މަހުގެ 28ވަނަ ދުވަހުން އަންނަ މަހު ތިންވަނަ ދުވަހާ ހަމައަށެވެ. ކިލާސް އޮންނާނީ ހަވީރު 4:00އިން ރޭގަނޑު 9:00 ދެމެދުގެ ވަގުތުތަކެއްގައެވެ. ފިޒިކަލްކޮށް ކިޔަވާ ދަރިވަރުން އަލިމަސް އެކެޑަމީއަށް ހާޒިރުވާން ޖެހޭއިރު, އޮންލައިންކޮށް ކިޔަވައިދޭނީ ޒޫމް މެދުވެރިކޮށްނެވެ.
މި ކިލާސްތަކުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އަޑުއެހުމުގެ ހުނަރާއި ވާހަކަދެއްކުމުގެ ހުނަރުގެ އިތުރުން ކިޔުންތެރިކަމާއި ލިޔުންތެރިކަމުގެ ހުނަރު ހިމެނެއެވެ.
މި ކިލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާއިރު, ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހެވެ. ބައިވެރިވުމަށް މި ލިންކު ބޭނުންކުރެވޭނެއެވެ.

9 މަސް ކުރިން

9 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން