-8402fff9.png)
ސައިފުﷲ އަލީ

އިސްލާމްއާބާދުގައި ހުންނަ ތާލިބާން ސަފީރާއި، ދިވެހި ސަފީރު ބައްދަލުކުރެއްވުން --
ޕާކިސްތާނުގައި ހުންނަވާ ތާލިބާނުގެ ސަފީރާއި، އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ތޯހާ ބައްދަލުކުރީ ސަރުކާރުގެ ހުއްދައެއް ނެތި ކަމަށާއި، އެކަމާ ގުޅިގެން ސަފީރަށް ފިޔަވަޅު އަޅާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދާދި ފަހުން އެ މަގާމާ ހަވާލުވެވަޑައިގަތް ސަފީރު ތޯހާ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދެވި ބައްދަލުވުމަކީ ސަރުކާރުގެ ފަރާތުން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ގައުމެއްގެ ސަރުކާރު ބަލައިގަތުމާއެކު ސުވާލު އުފެދިއްޖެނަމަ، ރާއްޖެއިން ބަލަނީ އދގެ އާންމު މަޖިލީހުން އަމަލުކުރާ ގޮތަށް ކަމަށެވެ. އެހެންކަމުން، އަފްގާނިސްތާނުގެ ގާނޫނީ ސަރުކާރެއްގެ ގޮތުން ރާއްޖެއިން ބަލައިގަންނަނީ އދގައި އަފްގާނިސްތާނު ތަމްސީލުކުރާ ސަރުކާރު ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ދިވެހި ސަފީރުގެ ބައްދަލުވުމާ ބެހޭގޮތުން ތާލިބާން އެމްބަސީން ކުރި ޓުވީޓުގައި ބުނެފައިވަނީ ރާއްޖެއާއި، ސެންޓްރަލް އޭސިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އަފްގާނިސްތާނު މެދުވެރިކޮށް ކުރުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވާ ގުޅުމަކީ "އަޚުވަންތަ" ގުޅުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ތާލިބާނުގެ ސަރުކާރެއް އަފްގާނިސްތާނުގައި ގާއިމުކޮށްފައިވަނީ 2021 ވަނަ އަހަރު، އެ ގައުމުގައި ތިބި އެމެރިކާގެ ސިފައިން ފޭބުމާއެކުގައެވެ. އެމެރިކާ ސިފައިން އެ ގައުމުން ފައިބައިފައި ވަނީ 20 އަހަރު ވަންދެން ތިބުމަށް ފަހުއެވެ.
-709fea65.jpeg)
29 ދުވަސް ކުރިން
29 ދުވަސް ކުރިން

29 ދުވަސް ކުރިން
-bc4f0bc5.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން

3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން