-8402fff9.png)
އަހްމަދު އިޒްމީމް

މާފުށީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ —- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ރ. އަލިފުށި ބަލިކޮށް ކ. މާފުށި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގަައި އަލިފުށީގެ މައްޗަށް މާފުށިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗަކީ ގްރޫޕް ޑީއިން ދެވަނަ ބުރަށް ދާނެ ތިންވަނަ ޓީމު ޔަގީންކުރާ މެޗެވެ. މިއަދުގެ މެޗުން މޮޅުވެ މާފުށި އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މެޗުން ބަލިވި އަލިފުށި އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނައިފަރަށް ވެސް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލަށް ދިޔައީ ކެންދޫއެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރި ނަމަވެސް އެ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްޓީމަކަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް ނޫފެއްދިއެވެ. ދެ ޓީމުގެ ޑިފެންސްލައިން ފެނުނީ ފުރަތަމަ ހާފުގައި ރަނގަޅުކުޅުމެއް ދެއްކި ތަނެވެ.
ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މާފުށިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އަލިފުށީގެ ކީޕަރު މުހައްމަދު ފަސީހުއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން އިބްރާހިމް އަތީގް ހަސަން ތަމަވަސްކުރި ފުރުސަތަކުން އިސްމާއިލް ނަޒީހު ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ފަހުން އަލިފުއްޓަށް ވަނީ ނަތީޖާ ހަމަހަމަކުރަން ގިނަ ފުރުސަތުތަކެއް ލިބިފައެެވެ. އެގޮތުން އެ ޓީމުގެ އިބްރާހިމް ފުރުޤާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

22 ދުވަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން