-8402fff9.png)
އައިޝަތު ހިދާޔާ

ކ. މާފުއްޓަށް ޒިޔާރާތްކުރި ތުރުކީ ފަތުރުވެރިއަކު އެ ރަށުގައި ހުރި މިސްކިތްތައް މަރާމާތުކޮށް, ތަރައްގީކުރަން އެހީތެރިވެދީފިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މާފުށީ ކައުންސިލުން ހިއްސާކުރި ޕޯސްޓެއްގައި ވަނީ މި ދީލަތި އެހީތެރިކަން ވެދީފައި ވަޞީ ތުރުކީއަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށްވާ ފުންދާ އޮޒްކުޗޫ ކަމަށެވެ.
މާފުށީގެ މިސްކިތްތަކުގެ ތަރައްގީއަށާއި މަރާމާތަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް މާލީ މާލީ އެހީގެ ގޮތުގައި އޭނާ ދިން ފައިސާ މާފުށީ ކައުންސިލާ ޙަވާލުކޮށްފައި ވާކަމަށް މާފުށީ ކައުންސިލުން ބުންޏެވެ. މިއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.
"މިސްކިތްތަކުގެ ލާބަޔާއި މަންފާއަށްޓަކައި އެ ފަރާތުން ވެދެއްވި މި އަގުހުރި އަދި ދީލަތި އެހީތެރިކަން ފާހަގަކޮށް، ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ," މާފުށީ ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވެއެވެ.
މާފުއްޓަކީ ރާއްޖޭގައި ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށެވެ. ކޮންމެ އަހަރަކު އެތައް ފަތުރުވެރިންނަށް މިރަށަށް ޒިޔާރާތްކުރެއެވެ.

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
-b0ce0b89.webp)
2 އަހަރަށްވުރެ ގިނަ ކުރިން