-8402fff9.png)

މަރްޔަމް މާޙީ

ފޮޓޯ: މިނިސްޓްރީ
ސޭންޑް ބާޖް ބޭނުންކޮށްގެން ކ.މާފުށީގެ ގޮނޑުދޮށް ރީތި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެކަން އިފްތިތާހް ކުރުމަށް ޓަކައި މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް, އާދަމް ޝަރީފު އުމަރު ވަނީ ބަައިވެރިވެވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށި ހިމެނޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، މާލެއަތޮޅު ކައުންސިލްގެ ރައީސާއި، މާފުށީ ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ މެންބަރުންނާއި، މާފުށީ ޑަބްލިޔޫޑީސީގެ މެންބަރުންނާއި، މާފުށީ ލޯކަލް އޮތޯރިޓީ ކުންފުޏީގެ ވެރިންނާއި، މާފުށީގެ މުއައްސަސާތަކުގެ ވެރިންނާއި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
އެ ރަސްމިއްޔާތުގަައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވަނީ އެރަށުގެ ތަރައްގީއަށް ރައްޔިތުންނާއި ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި މިއީ މާފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންކުރެވޭނެ ނިޒާމެއް ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ, ލާމަރުކަޒި ނިމާޒުގެ ހަގީގީ މާނައަކީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުން ކަމަަށެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވާހަކަދައްކަވަމުން ވިދާޅުވީ، މި މަސައްކަތް ނިމޭއިރު، ރާއްޖޭގެ އެންމެ ރީތި ގޮނޑުދޮށް އޮންނަ ރަށަށް މާފުށި ވެގެންދާނެކަމަށެވެ.

22 ދުވަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން