-8402fff9.png)

ޖަލުތަކުގައި ތިބި ގައިދީންނަށް ތަޖުވީދު މަގުން ކިރިތި ގުރުއާން އުނގަންނައިދިނުމާ ގުޅޭ އެއްބަސްވުމެއްގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއެކު ސޮއިކޮށްފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ. އަދި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އަބްދުﷲ ސައުދާނެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި، އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގައިދީންނަށް ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމަށް މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމަށް މަގުފަހިކޮށްދިނުމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސައުދާން ވިދާޅުވީ އެއީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
ގައިދީންނަށް ތަޖުވީދު މަގުން ގުރުއާން އުނގަންނައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ސައުދާން ދެއްވިއެވެ.
މީގެއިތުރުން އެ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް ކުރިއަށްއޮތްތަނުގައި ޖަލުތަކުގައި ވެސް ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
3 މަސް ކުރިން

3 މަސް ކުރިން
-16a0682e.jpg)
3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

5 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން