-8402fff9.png)
ސައިފުﷲ އަލީ

މާފުށީ ޖަލުގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފި އެވެ.
ކަރެކްޝަންސްއިން ބުނީ މިކަން ކުރިއަށް ގެންދަނީ ފުލުހުންނާއި ގުޅިގެން ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް މާފުށީ ޖަލުގައި ދާދި ފަހުން ބެގެޖް ސްކްރީނިންގ މެޝިނެއް ވެސް ބަހައްޓާފައިވެ އެވެ.
މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކޮށްފައިވާ ބެގެޖް ސްކްރީނިންގ މެޝިނެކެވެ. މިއީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެކެވެ. މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނުކަން ވެސް ފާހަގަކޮށްލެވެ އެވެ.
މި މެޝިން މެދުވެރިކޮށް ގައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެއެވެ.

3 މަސް ކުރިން
-16a0682e.jpg)
3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން