-8402fff9.png)

ހޭވައްލާ ބޮޑުބެރު ގްރޫޕްގެ ހުށަހެޅުމުގެ ތެރެއިން
މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯ 2025ގެ ތެރެއިން ކުރިއަށްދާ ބޮޑުބެރު މުބާރާތުގެ ބެލުންތެރިންގެ އެންމެ މަގުބޫލު ޓީމުގެ ގޮތުގައި ހޭވައްލާ ބޮޑުބެރު ގުރޫޕު އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެންމެ މަގުބޫލު ގުރޫޕު ހޮވުމަށް އާންމުކޮށް ހުޅުވާލައިގެން ނެގި ޕޯލްގައި ހޭވައްލާއަށް ޖުމްލަ 47،799 ވޯޓު ވަނީ ލިބިފައެވެ. އެންމެ ކައިރިން ވާދަކުރި ސަތޯރާ ގުރޫޕަށް ލިބުނީ 32،185 ވޯޓެވެ.
މި މުބާރާތުގެ ކުރިން ވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހޭވައްލާ ބޮޑުބެރު ގުރޫޕުން މުބާރާތުގެ މިހާތަނަށް ވެސް ވަނީ ފޯރިގަދަ ހުށަހެޅުންތައް ދައްކާލާފައެވެ.
ފައިނަލްގައި ހޭވައްލާއާ ވާދަކުރާނީ އެންމެ މަތިން މާކްސް ލިބިގެން ފައިނަލަށް ދަތުރުކުރި 1438 އަދި ރިދަމްއެވެ.
ފައިނަލްގެ ފުރަަތަމަ ޕާފޯމަންސް އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ. ހޭވައްލާ ގުރޫޕުން ބުނީ މިއަދު އެ ގުރޫޕުން ހުށަހަޅައިދޭ ޒަމާނީ ހުށަހެޅުނު ގައި ތަފާތު ގިނަ ކަންތައްތަކެއް ފެންނާނެ ކަމަށެވެ.