-8402fff9.png)
ފާތިމަތު މިޝްކާ

ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ޚާއްސަ ސަޕްރައިޒެއް މިމަހު 25 ގައި ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.
އެ ގްރޫޕުގެ ސޯޝަލް މީޑިއާ އެކުންޓުތަކުން އިއްޔެ ވަނީ “ކީއްވެ ހޭ؟” ގެ ނަމުގައި އުފެއްދުމެއް ޕްރޮމޯޓު ކުރަން ފަށައިފައެވެ. އެހެންނަމަވެސް މިއީ ލަވައެއްކަމެއް ނުވަތަ ކުރު ފިލްމެއް ކަމެއްވެސް ހާމައެއް ނުކުރެއެވެ.
ފެންނަނީ ފިނިފެންމަލެކެވެ. އެއާއެކު މޫނު ނުފެންނަ އަންހެން ކުއްޖެކެވެ. ބައެއް ފޮޓޯތަކުގައި ހޭވައްލާގެ ބައެއް ލަވަކިޔުންތެރިންވެސް ހުއްޓި ހުރެއެވެ.
ހޭވައްލާގެ ސަޕްރައިޒެއް މިމަހު 25 ގައި ދޫކޮށްލާއިރު، ޖުލައި 26 ގައި އޮންނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައި ހޭވައްލާއިން މާލޭގައި ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.