-8402fff9.png)
މިރާޝް މޫސާ

ނެބަޓަން ފުޓްސަލް ޗެލެންޖުގެ މިދިޔަ އަހަރުގެ މުބާރާތުގެ ތަށި ވިޔަރި ބޯޅަ ޓީމުން އުފުލާލަނީ --
ނ، ކުޑަފަރީގައި ކުރިއަށް ދާ 'ދަ ލިޓްލް ބިގް އައިލެންޑް ނެބަޓަން ފުޓްސަލް ޗެލެންޖު' މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޖުމްލަ ހަތަރު ޓީމް ބައިވެރިވާ މި މުބާރާތް އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކަކީ;
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ އިންފިނިޓީ އާއި ބްރޯސް އެވެ. ދެވަނަ މެޗުގައި ކުޅޭނީ ވިޔަރި ބޯޅަ އާއި، ރިޔޫނިއަންސް އެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ލީގު އުސޫލުން ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ ބުރުން ކުރި ހޯދާ ޓީމް ފައިނަލަށް ސީދާ ދަތުރުކުރާނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަަމަ ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗަކުންނެވެ.
މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ވިޔަރި ބޯޅަ ޓީމުންނެވެ.
ކުރީ އަހަރާ އެއްގޮތަށް މިފަހަރުގެ މުބާރާތުގެ ޓައިޓަލް ވެސް ސްޕޮންސާކޮށްފައިވަނީ ކުޑަފަރީ ކައުންސިލުގެ "ދަ ލިޓްލް ބިގް އައިލެންޑް" ބްރޭންޑުންނެވެ. މީގެ އިތުރުން ވެސް ގިނަ ޕާޓްނަރުންނާއި، ސްޕޮންސަރުންގެ އެހީތެރިކަން މުބާރާތަށް ވަނީ ލިބިފައެވެ.
މުބާރާތުގެ ސިލްވާ ސްޕޮންސަރަކީ ބުންޔާ އެންޑް ބަންޓޭއެވެ. މީޑިއާ ޕާޓްނަރަކީ ނުކުތާ އޮންލައިންއެވެ. އެކަމަޑޭޝަން ސްޕޮންސަރަކީ އިތާއެވެ. ކިޓް ސްޕޮންސަރަކީ ހެޕްޓާއެވެ. ޓްރެވަލް ސްޕޮންސަރަކީ ލީޖިއަން ޓްރެވަލްސްއެވެ. ލޮޖިސްޓިކްސް ޕާޓްނަރަކީ ނަގިލި ސާވިސަސް އެވެ. ޕްރިންޓިން ޕާޓްނަރަކީ އިންކްޑް އެވެ. އަދި ޓްރޮފީ ޕާޓްނަރަކީ ހަސަނިކޮއެވެ. ކޮންޓެންޓް ޕާޓްނަރަކީ ސާޖިއު އެވެ.
މީގެ އިތުރުން، ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ކުޑަފަރީ ސްކޫލް، ބްލޫމް އެންޓަޕްރައިސަސް، ޕްރިންޓް އޮން އަދި، ޒިވިއޯ އިން އެހީތެރިކަން ފޯރުކޮށްދެއެވެ.