-8402fff9.png)
މިރާޝް މޫސާ
ރިޔޫނިއަންސް އާއި ބްރޯސް އެފްޓީ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން --
ނ. ކުޑަފަރީގައި މިހާރު ކުރިއަށްދާ ނެބަޓޮން ފުޓްސަލް ޗެލެންޖުގެ ފައިނަލްގެ ފުރަތަމަ ޖާގަ ރިޔޫނިއަންސް އެފްސީ އިން ކަށަވަރުކޮށްފިއެވެ.
ރިޔޫނިއަންސް އިން ފައިނަލްގެ ހޯދާފައިވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ވިޔަރި ބޯޅަ ޓިމުގެ މައްޗަށް 4-3ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި އެ ޓީމް ވާދަކުރީ އިންފިނިޓީ އާއެވެ. އެ މެޗު ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ. މިއަދު ބްރޯސް އެފްޓިއާ ވާދަކުރި ތިންވަނަ މެޗު އެ ޓިމުން ކާމިޔާބު ކުރީ 5-3ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ކުޅުން މިއަދު ނިމުނު އިރު، ރިޔޫނިއަންސްގެ ފަހަތުން، ތާވަލުގެ ދެވަނައިގައި އޮތީ ވިޔަރި ބޯޅަ ޓީމެވެ. ތިންވަނައިގައި އޮތީ ބްރޯސް އެފްޓީއެވެ. ތާވަލުގެ ފުލުގައި އޮތީ ހުރިހާ މެޗަކުން ބަލިވި އިންފިނިޓީ އެވެ.
މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ލިބޭނީ މާދަމާ ވިޔަރި ބޯޅަ ޓީމާއި، ބްރޯސް އެފްޓީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
ފައިނަލް ކުޅެން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

10 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން