-8402fff9.png)
މިރާޝް މޫސާ
ނެބަޓަން ފުޓްސަލް ޗެލެންޖުގައި މިއަދު އިންފިނިޓީ އާއި ބްރޯސް ވާދަކުރި މެޗުގެ ތެރެއިން --ަ
ނ، ކުޑަފަރީގައި މިއަދު ފެށި ނެބަޓަން ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ދެ މެޗު ބްރޯސް އެފްޓީއަދި ރިޔޫނިއަންސް އިން ކާމިޔާބުކޮށްފިއެވެ.
މުބާރާތް ފެށުމަށް މިއަދު ކުޅުނު މެޗުގައި ބައްދަލުކުރީ ބްރޯސް އެފްޓީ އާއި، އިންފިނިޓީ އެވެ. މެޗު ބްރޯސް އިން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަަތަމަ ގޯލް ޖަހައި، ލީޑު ނެގީ އިންފިނިޓީންނެވެ. ޓީމުގެ ކެޕްޓަން އަރުހަމް އެ ގޯލް ކާމިޔާބުކޮށްދިން ނަމަވެސް އެ ހާފު ނުނިމެނީސް ބްރޯސްގެ ރަޔާންގެ ދެ ގޯލާއެކު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ރަޔާން ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. ބްރޯސް އެފްޓީގެ އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުނަސް އާއި އަހުލާމްއެވެ. އިންފިނިޓީން އިތުރަށް ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ޔައިޝް އެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ވިޔަރި ބޯޅަ އާއި، ރިޔޫނިއަންސްއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ރިޔޫނިއަންސް ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ވިޔަރި ބޯޅަ ޓީމުންނެވެ. އެ ޓީމުގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ، އިސްރާގް، ޖުނައިދު އަދި ސިމާހު އެވެ. މެޗުގައި ރިޔޫނިއަންސް އިން ދެ ފަހަރު ވަނީ ފަހަތުން އަރާ ލީޑު ނަގާފައެވެ.
އެ ޓީމުން ފުރަތަމަ ލީޑު ނެގީ އަސްރަގުގެ ގޯލަކާއި، މެޗުގެ މޮޅުކުޅުންތެރިޔާ ނާހިޒުގެ ދެ ގޯލުންނެވެ. މެޗު ނިމެެން ދަނިކޮށް، ވިޔަރި ބޯޅަ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވެއެވެ. ދެވަނަ ފަހަރަށް ރިޔޫނިއަންސް އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކީޕަރު ކުރިއަށް އަރައި ފަހިކޮށްދިން ފުރުސަތެއް ގައި ހުސައިން ޝަރީފެވެ.
މި ނަތީޖާއާއެކު، ފައިދާ ގޯލުގެ ތަފާތުން މުބާރާތުގެ އެއްވަނައިގައި އޮތީ ބްރޯސް އެފްޓީއެވެ. ދެވަނައިގައި ރިޔޫނިއަން އޮތް އިރު، ތިން ވަނައިގައި އޮތީ ވިޔަރި ބޯޅަ ޓީމެވެ. އަދި ތާވަލުގެ އެންމެ ފަހަތުގައި އޮތީ އިންފިނިޓީ އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުތަކުގައި ބްރޯސް އެފްޓީއާއި ބައްދަލުކުރާނީ ވިޔަރި ބޯޅަ އެވެ. އަދި އިންފިނިޓީއާ ބައްދަލުކުރާނީ ރިޔޫނިއަންސްއެވެ.

16 ދުވަސް ކުރިން

25 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

12 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން