-8402fff9.png)

މާފުށި ޖަލު--
ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާއިމުކުރާ ކަރެކްޝަނަލް ސެންޓަރުތަކުގެ ގަވާއިދު އާންމުކޮށްފި އެވެ.
ކުޑަކުދިންގެ އަދުލުގު ގާނޫނުގެ ދަށުން ގާއިމުކުރާ މި މަރުކަޒުތަކުގެ ތެރޭގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގް ޓާމް ސެކިޔޯ ފެސިލިޓީ ވެސް ހިމެނޭ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.
އެގޮތުން, ލޯންގް ޓާމް ސެކިޔޯ ފެސިލިޓީ އަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ހުކުމް ކުރާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން އެކަހެރިކޮށް ބަންދުކުރުމަށް ހާއްސަ ކުރެވިފައިވާ ފެސިލިޓީ އެކެވެ. އަދި, ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ހުކުމް ކުރާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި ދެން އެކި ބާވަތުގެ ކުށް ސާބިތުވެފައިވާ ކުދިން ބަންދު ކުރުމަށް ގާއިމް ކުރެވޭ ފެސިލިޓީ އެވެ.
އާންމު ކުރެވުނު ގަވައިދުގައިވާ ގޮތުން, މި ކަރެކްޝަނަލް ފެސިލިޓީތަކުގައި ބަންދު ކުރާ ކުދިންނަށް ރައްކާތެރިކަން ކަށަވަރުވެފައި ހުންނަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި, ދީނީގޮތުންނާއި އިޖުތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ އަދި ޖިސްމާނީގޮތުން ބޭނުންވާ އަޅައިލުން މި ފެސިލިޓީތަކުން ކަށަވަރުކޮށްދޭނެ ކަމަށް ވެސް އެ ގަވައިދުގައި ވެއެވެ.
މީގެ އިތުރުން ވެސް, ފެސިލިޓީ އަށް ގެންދެވޭ ކުދިން ބަންދު ކުރަން ޖެހޭނީ އެ ކުއްޖަކު ކުރާ ކުށެއްގެ މައްޗަށް ބިނާކޮށް, އުމުރާ އެކަށީގެންވާ ގޮތަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ޖިނާއީ ކުށްތަކަށް ޒިންމާ ނަގަންޖެހޭ އުމުރަކީ 12 އަހަރު ކަމަށް ސަރުކާރުން ނިންމައިފައިވާއިރު, ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުމުރަކީ 15 އަހަރެވެ.

3 މަސް ކުރިން
-16a0682e.jpg)
3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން