-8402fff9.png)
ސައިފުﷲ އަލީ

ޒަމާނީ ފެންވަރު ސިނަމާއެއް ގާއިމްކުރުމަށް ބޭރުގެ އިންވެސްޓަރުންނާއިއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި އޮލިމްޕަހާއި ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނާއިއެކު މަޝްވަރާކުރުމުން އެމީހުން ރާއްޖޭގައި ސިނަމާއެޅުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ވިދާޅުވީ އެޗްޑީސީއާއި ވާހަކަ ދައްކެމަށް ފަހު ހުޅުމާލެއިން ބިމެން ހޯދާނެ ކަމަށެވެ.
އަދި އެއަށްފަހު މަދުވެގެން 4 ސްކްރީނުން އެއްފަހަރާ ބަލާލެވޭނެ ވަރުގެ ޒަމާނީ ސިނަމާއެއް ގާއިމުކުރާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އޭރަށް ކޮންމެ ރެއަކުވެސް 4 ފިލްމު އަޅުވަން ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެއަށް ފަހު ކުރަންޖެހޭނެ ކަމަކީ ރަނގަޅު ޕްރޮޑިއުސަރުން އުފެއްދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖޭގައި، އަޅުގަނޑުމެންގެ މި އާދަކާދަ އޮންނަ ގޮތުން ހެނދުނު އަޅުގަނޑުމެން ފިލްމު ބަލާކަށް ނުދާނެ، މެންދުރު ފިލްމު ބަލާކަށް ނުދާނެ ، ހަވީރު ފިލްމު ބަލާކަށް ނުދާނެ ވީކެންޑެއް ނޫން ވެއްޖިއްޔާ. ފިލްމު ބަލަން ދަނީ ވަރަށް ސްޕެސިފިކް ގަޑިއެއްގައި އިޝާ ނަމާދުކޮށްލައިގެން ހަބަރު ބަލާ ނިންމާލައިގެން 8:30ގައި. އެއީ ފިލްމު ބަލަން ދާ ގަޑިއަކީ. 8:30 އިން ބާރައަށް އަޅުގަނޑުމެން އަޅުވާ ފިލްމެއް އަޅުވަންވީ. އަޅުވައިގެން އެ ޕްރޮޑިއުސަރަކު ނަގާ ނަފާއެއް ނަގަންވީ"
މިނިސްޓަރ ވިދާލުވީ މިއީ ޒަމާންވީ މައްސަލައެއް ކަމަށާއި، އޮލިމްޕަސް 1 މަހަށްވެސް ބަންދު ކުރުމަކީ ޕްރޮޑިއުސަރުންގެ ވިޔަފާރި ބަންދުކުރުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އޮލިމްޕަސް ބަންދުނުކޮށް އެހެންތަނެއްގައި ސިނަމާއެއް އަޅަންޖެހޭ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަނީ ރާއްޖޭގައި ހުންނަ ފަދަ ސިނަމާއެއް ނޫން ކަމަށާއި، އެތަންތަނުގައި އެކި ސްކްރީންތަކާއި، ޝޮޕިންގ ކޮމްޕްލެކްސް އާއި އަދި އިތުރު އާރކޭޑުތައް ހުންނާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ. އެ ފެންވަރަށް ނުފެށުނު ނަމަވެސް ތަސައްވުރަކަށް ވާން ވާނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް ކަމަށް އަސްވާޑް ވިދާޅުވިއެވެ.

2 މަސް ކުރިން
4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން