-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

އަލް އަސްރުން ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި "ޔެޕް" ޕްރޮގްރާމުގެ ތެރެއިން --
ޒުވަނުންގެ ކަންބޮޑުވުންތައް އަޑު އަަހާ، މަޝްވަރާކޮށް، އެ ކަންކަމަށް ހައްލެއް ހޯދުމަށްޓަކައި، ޔޫތު މިނިސްޓްރީން ޒުވާނުންގެ ގައުމީ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
މި ކޮންފަރެންސުގައި ހުރިހާ ދާއިރާއެއްގެ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށް ޔޫތު މުނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީ އާއި ޔޫތު އެޑްވައިޒަރީ ބޯޑު ގުޅިގެން، 93 ބައިވެރިންނާއި އެކު ކުރިއަށް ގެންދާ މި ކޮންފަރެންސް އޮންނާނީ އަންނަ ހަފުތާގެ ހޯމަ އަދި އަންގާރަ ދުވަހު ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރިއެވެ.
އަދި ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މި ކޮންފަރެންސް ބޭއްވުމަށް ހަމަ ޖެހިފައިވަނީ ޔޫތު ހަބުގައި ކަމަށާއި، ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މީގެ އިތުރުން، މި ފަދަ ޔޫތު ކޮންފަރެންސެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ ކަންބޮޑުވުންތައް އަޑު އަހާ، އެ ކަންބޮޑުވުންތަކަށް ފުރިހަމަ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށް އިތުރު މަސައްކަތް ތަކެއް ކުރުން ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން