-8402fff9.png)

މަރްޔަމް މާޙީ

37ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި 1000އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.
ގުރުއާނާބެހޭ މަރުކަޒުން ބުނީ މިމަހުގެ 19 ވަނަ ދުވަހުން ފަށައިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި 1003 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ދައިވަރުން, އަދި ނުބަލާ ކިޔެވުމުގެ ބައިން 166 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މީގެ އިތުުތުން މާލެ ސަރަހައްދުގެސްކޫލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ބައިން 172 ދަރިވަރަކު ބައިވެރިވެއެވެ. އަދި މިއަހަރުގެ މުބާރާތުގައި 29 ބައިވެރިއަކު ހާފިޒުންގެ ބައިން ވާދަކުރާނެއެވެ. އަދި އެހެން ކެޓަގަރީތަކުން ޖުމުލަ 181 މީހުން ބަލައިގެން,. އަދި 75 މީހުން ނުބަލައި ކިޔުމުގެ ގޮފިން ވާދަކުރާނެއެވެ.
މި މުބަރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން
-a463967f.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން