-8402fff9.png)

މަރްޔަމް މާޙީ

ގާނޫނާ ހިލާފަށް ރާއްޖެ އެތެރެ ކުރާ ދުންފަތުގެ ބާވަތްތައް އެތެރެކުރުން ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފަށައިފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު އިއުލާނުގައި ބުނީ ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވަގަށް ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށާއި, އެކަން ހުއްޓުވުމަށް ޓަކައި ހާއްސަ އޮޕަރޭޝަންތަޖެއް ފަށައިފައިވާ ކަމަށެވެ.
ގަވައިދާ ހިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތަކަށް ސަމާލުވެ, އެ ނުގަތުމަށް އާންމުންނަށް އިލްތިމާސް ކޮށްފައިވާއިރު, ކަސްޓަމްސް އިން ބުނީ އެފަދަ ފަރާތްތައް ދެނެގަނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި މިކަމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކަސްޓަމްސްގެ ނަންބަރަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން
-d60dc2f9.jpeg)
4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން