-8402fff9.png)
ފާތިމަތު މިޝްކާ
ދެން ހުއްޓާލަމާ ސްޓޭކްހޯލްޑަރ ވެލިޑޭޝަން ވޯކްޝޮޕްގައި މިނިސްޓަރު ވާހަކަދައްކަވަނީ / ފޮޓޯ: ހެލްތު މިނިސްޓްރީ
ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރަން އެހެން އެއްވެސް ސަރުކާރަކުން ނުދޭ އަހަންމިއްޔަތުކަން މި ސަރުކާރުން ދޭ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ދުންފަތް ހުއްޓުމަށް އިފްތިތާޙުކޮށްފައިވާ ކެމްޕެއިން "ދެން ހުއްޓާލަމާ"އާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގީލާ ވިދާޅުވީ ދުންފަތާ ދުރު މުޖަތަމައެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިއިން ކޮންމެ މަސައްކަތަކަށް ނިންމާ ނިންމުމަކީ ދިރާސާކޮށް ހެކިތަކަށް ބަލައި ނިންމައި ނިންމުންތަކެއް ކަމަށް ގީލާ ވިދާޅުވި އެވެ. ކޮންމެ ގާނޫނީ އަދި އިދާރީ ނިންމުންތަކެއް ނިންމަނީ މިފަދަ ކަންކަމަށް ބެލުމަށްފަހު ކަމަށް ގީލާ ވިދާޅުވި އެވެ.
ޖެނެރޭޝަނަލް ބޭން ކަނޑައަޅައި ހުރިހާ ރަށްތަކެއްގައި ސްމޯކިން ސިޒޭޝަންގެ ހިދުމަތް ހިލޭ ލިބޭގޮތް ހަމަޖައްސާފައިވާކަމަށް ގީލާ ވިދާޅުވި އެވެ.
ސަރުކާރުން 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ކެމްޕެއިންގެ އަމަލީ މަސައްކަތް ބައްޓަންކުރާނީ މިހާރު އެކުލަވާލަމުން އަންނަ ޕްލޭންއަށް ކަމަށް ގީލާ ވިދާޅުވި އެވެ.
މި ޕްލޭން އެކުލަވާލަނީ ޔުނިސެފް، ޑަބްލިއުއެޗްއޯ އަދި ކަމާއި ގުޅުންހުރި އެކި ފަންނީ ބޭފުޅުންނާއި މުއައްސަސާތައް ގުޅިގެންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން