-8402fff9.png)
އައިޝަތު ހިދާޔާ

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު ޑިއުޓީ ކުޑަކުރަން ސަރުކާރުން ނިންމި ނިންމުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށާއި އެއީ ކެބިނެޓުގައި ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހު ސަރުކާރުން ހުށަހެޅި ހުށަހެޅުމެއްކަމަށް ރައީސް ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިނގިރޭޓާއި ދުންފަތުން ނަގާޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދުންފަތާ ދުރު, ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މި ސަރުކާރުން ވަނީ ވޭޕް ވެސް ބޭންކޮށްފައެވެ. އަދި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ވަނީ ޖެނެރޭޝަނަލް ބޭންއެއް ވެސް ތައާރަފުކޮށްފައެވެ.
ނަމަވެސް, ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހެޅުމުން އާނމުންގެ ފާޑުކިޔުންތައް ވަނީ ބޮޑުވެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ދުންފަތާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ މަރުހަލާތަކަކަށް ބަހައިލައިގެން އަލާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި މަސައްކަތް ކުރާނީ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"...މިހާރު އަޅުގަނޑުމެން މި އަޅާ ފިޔަވަޅަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން މީ ހަމަ މި ޕްރޮސެސްގެ ތެރެއިން ހިނގާކަމެއް. އެއީ ސަބަބަކީ މިއާ އެކީގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ބާރު އެޅުމަށްޓަކައި ވަށާޖެހޭ ޕްރޮގްރާމެއް ކުރިއަށް މި ގެންދަނީ," ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, ދުންފަތާ އާންމުން ދުރުކުރުވުމަށް މަދަނީ ޖަމިއްޔާތަށް ވެސް ބާރުވެރި ކުރުވާކަމަށެވެ. އެގޮތުން މާލީ ގޮތުންނާއި ފަންނީ ގޮތުންވެސް ފުރުސަތުތަ ޖަމިއްޔާތަކަށް ދޭކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ގައުމީ އިނާމުގެ ކެޓަގަރީތަކުގައި ވެސް ހިމަނަށް ނިންމާފައި އެބައޮތް ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހުން ދުރުކުރުވުމުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުުރުން," ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން, ދުންފަތާ ދުރުވުމަށް ބޭނުންވާ އާލާތްތައް އެތެރެކުރާއިރު ނަގާ ޑިއުޓީތައް ވެސް ކަނޑައިލުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, ސިނގިރޭޓު ބުއިމަށް ދެވިހިފާފައިވާ މީހުން ސިނގިރޭޓަށްވުރެ މާ ނުރައްކާތެރި ތަކެތި ވެސް ބޭނުންކުރާކަމަށެވެ. އެކަން ހުއްޓުވުމަށް ވެސް ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅިވިއެވެ.
3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން