-8402fff9.png)

މަރްޔަމް މާޙީ

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ހޮވަން ހައްގު ލިބިފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މި ލިސްޓު މިއަދު ގެޒެޓުގައި އާންމުކޮށްފައިވާއިރު, އެ ލިސްޓުގައި 353 މީޑިއާ އެއްގެ ނަން ހިމަނައިފައިވެއެވެ. އަންނަ މަހުގެ 11ވަނަ ދުވަހު ކޮމިޝަނުގެ މެންބަރުން ހޮވުމަށް ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާއިރު, ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
"މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅުއްވާނީ 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 ސެޕްޓެންބަރު 29 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ," އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
އަދި ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށްް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

16 ދުވަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން