-8402fff9.png)

މީޑިއަތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އަށް މެމްބަރަކު ހޯދަން މިއަދު ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފިއެވެ.
މި ކޮމިޝަންގެ ރައިސްކަން ކުރެއްވި މުހައްމަދު ފަރުޝަތު ވަނީ މިދިޔަ ބުދަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން ކޮމިޝަނުގެ މެމްބަރުންގެ ގޮނޑިއެއް ވަނީ ހުސްވެފައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނުގައި ވަނީ, މި ކޮމިޝަނަށް މެމްބަރަކު ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލައިފައި ވާކަމަށެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި:
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 16ވަނަ ދުވަހުއެވެ. މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.
މިއީ ފަސް އަހަރު ދުވަހުގެ މަގާމެކެވެ.
މި ކޮމިޝަންގެ ރައީސްގެ މަގާމުން ފަރުޝަތު އިސްތިއުފާ ދެއްވީ, ކޮމިޝަނުގައި އިންސާފުން ކަންކަން ކުރަން ދަތިތަކެއް ހުރިކަމަށް ވިދާޅުވެއެވެ.