-8402fff9.png)
އައިޝަތު ހިދާޔާ

މާލޭގެ މަގެއްގައި ވޯލަޑްކަޕް މެޗެއް ދައްކަނީ -- ފޮޓޯ/ ދައުރު
ވޯލްޑް ކަޕްގެ މެޗުތައް ދައްކާއިރު އަހުލާގީ މިންގަނޑުތަކާ ޚިލާފު އަޑާއި މަންޒަރު ނުދެއްކުމަށް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ސަމާލުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
މި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, ވޯލްޑް ކަޕްގެ ފޯރި ގަދަވެފައިވާއިރު މިކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޚަބަރާއި މައުލޫމާތު ގެނެސްދޭއިރު ވެސް އިސްލާމް ދީނާއި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑާ އެއްގޮތްވާގޮތުގެ މަތީން ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އެ ކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނާއި ނޫސްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ޒިންމާދާރުކަމާއެކު ޚަބަރު ފަތުރާ ބްރޯޑްކާސްޓްކޮށް ރީބްރާޑްކާސްޓު ކުރަން އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ވޯލްޑްކަޕުގެ އެންމެ ފޯރިގަދަ މެޗުތައް މިހާރު ކުޅެންފަށައިފައި ވާއިރު, މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗުތައް ދައްކައެވެ. މެޗު ބަލަން މި ސަރަހައްދުތަކަށް އެތައް ބަޔަކު ޖަމާވެސް ވެއެވެ.